މިއަހަރު ނިމޭއިރު އިންޑިއާގައި 5ޖީ ޓެކްނޮލޮޖީ ނިއުޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާގެ ޓެލެކޮމިއުނިކޭޝަން އިދާރާއިން ބުނެފިއެވެ. ޕާލަމެންޓަށް މަޢުލޫމާތު ދެއްވަމުން ޓެކޮމިއުނިކޭޝަން އިދާރާއިން ބުނެފައި ވަނީ ފުރަތަމަ ފިޔަވަހީގައި 5ޖީ ދޫކުރެވޭނީ ބޭނުން ބޮޑު ސަރަހައްދު ތަކަށެވެ.

އިންޑިއާއިން ވިސްނާފައި ވަނީ 4ޖީ ޓެކްނޮލޮޖީގެ ތެރޭން 5 ޖީ ޓެކްނޮލިޖީ ދިނުމަށެވެ. މީގެ މަގްސަދަކީ ބޮޑެތި ސިޓީތަކުގައި މޮބައިލް އިންޓަރނެޓް ބޭނުން ކުރާ މީހުންނަށް ފަހި ތަޖުރިބާއެއް ހޯދައި ދިނުމެވެ. އަދި ތަޢްލީމީ ދާއިރާއާއި ސިއްޙަތާއި ދަނޑުވެރިކަމާއި ކާރިސާތައް މަނޭޖްކުރުމާއި ޓްރެފިކްއަދި އާންމު ސަލާމތީ މަސައްކަތުއިވެސް 5ޖީ ޓެކްނޮލޮޖީ ފުރަތަމަ ފިޔަވަހީގައި ބޭނުން ކުރުމަށް ހަމަޖައްސާފައި ވެއެވެ.

އިންޑިއާގެ ރިލައެންސް ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެމީހުންގެ އަމިއްލަ 5ޖީ ޓެކްނޮލޮޖީ ތައާރަފް ކުރުމަށެވެ. ރިލައެންސްގައި ފޭސްބުކް އިންވެސް ވަނީ އިންވެސްޓް ކޮށްފައެވެ.