މަރުވެފައި އޮތް ދިވެއްސަކު މާލޭގެ ގެއެއްގެ ތެރެއިން ފެނިއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށެވެ. ހަބަރު ހުސްވެފައި އޮތް މީހާ ފެނުނީ ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރެއިންއެވެ.

އަދި އެމީހާ އައިޖީއެމްއެޗަށް ގެން ގޮސްފައި ވާކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ މއ. ހުދު އަކިރި އަބްދުﷲ ހަސަން (53އ) އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.