ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް ބަލިން ފަސޭހަވެއްޖެއެވެ.

މިފަހަރު ބަލިން ފަސޭހަވެފައިވަނީ ފޭދޫ މީހެކެވެ. އެމީހާ ބަލިން ފަސޭހަވުމުން އައްޑޫއިން އެބަލި ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 58 އަށް އަރައިފައެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު މީހަކު އައްޑޫ ސިޓީން ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މިހާތަނަށް އައްޑޫ ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 91 އެވެ. އެއީ ހިތަދޫއިން ޕޮޒިޓިވްވި 22 މީހުންނާއި، މީދޫ އިން ޕޮޒިޓިވްވި 13 މީހަކާއި، އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި 35 މީހުންނާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި 4 މީހަކާއި، ފެދޫއިން ޕޮޒިޓިވްވި 17 މީހުންނެވެ.

މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލައަކީ 33 މީހުންނެވެ. އަދި 4 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.