ކަޝްމީރުގައި ތިރި ބިންތަކަށް ފަރުބަދަ މަތިން އަންނަ ފެންތައް ކޮންޓްރޯލު ކުރުމުގެ ޕްރޮޖެކްޓެއް ވަރލްޑް ބޭންކުން ފަށްޓައިފިއެވެ. ކަޝްމީރު ޔޫނިއަން ޓެރިޓްރީއަކަށް ހެދިފަހުން ކަޝްމިރުގައި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ މަސައްކަތް ވަނީ އިތުރު ވެފައެވެ.
ވަރލްޑް ބޭންކުން ފަންޑް ކޮށްފައިވާ މި ޕްރޮޖެކްޓްގައި، ސްރީނަގަރު ގައި ފެން ބޮޑު ހިސާބުތަކުން ފެންތައް ކޯރުރަތަކަށް ފަސޭހައިން ބޭރުކުރުމަށް ހޮޅި ވަޅުލުން ހިމެނެއެވެ.
80 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ހޮޅި ވަޅުލައިގެން ފެން ބޭރު ކުރުމަށް ހިންގާ މި މަޝްރޫއަށް 1.8 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެއެވެ.
ކަޝްމީރުގައި ފެންބޮޑުވާ މައްސަލަ ހައްލު ކޮށް އުސް ދަނޑު ބިންތަކަށް ފެން ފޮނުވުމާއި، ގްރީންހައުސް ހެދުމާއި ދަނޑުވެރިންނަށް މަތިވަރަށް ރަނގަޅު ލިބޭގޮތް ވަނީ މެދުވެރިވެފައެވެ.
މި ކަމުގެ ނަތީޖާ ކަޝްމީރުގެ ދަނޑުވެރިކަމަށް މީހުންގެ ޝައުގުވެރުކަން އިތުރުވުމުން އެނގެއެވެ.
ދާދި ފަހުން ކަޝްމީރުގެ ޝޭރޭ ކަޝްމީރު ޔުނިވަރސިޓީ އޮފް އެގްރިކަލްޗަރަލް ސައިންސަސް ޔުނިވަރސިޓީން އިޢްލާން ކުރި ދަނޑުވެރިކަމުގެ ކޯހެއްގެ އެންޓެރެންސް އެގްޒާމް ހެދުމަށް ޒުވާނުން ކުރިމަތިލީ ހާހުންނެވެ.
ޔުނިވަރސިޓީގެ ވައިސް ޗާނެސެލަރ ނަޒީރު އަހްމަދު ވިދާޅުވިގޮތުގައި ޔުނިވަރސިޓީގެ ހަތް އެގްރިކަލްޗަރ ކޯހަށް ހުޅުވާލުމުން ކުރިމަތިލާ ނިސްބަތް ވަނީ ދެގުނައަށް އިތުރު ވެފައެވެ. ފަސް އަހަރު ކުރިން އުޅެނީ ފަސް ހާސް ކުދިންނެވެ. މިހާރު 10500 ކުދިން ކުރިމަތިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެތެރޭން ޔުނިވަރސިޓީން ނަގާނީ އެންމެ 800 ދަރިވަރުންނެވެ.