އިނާމަކަށް 100،000 ރުފިޔާގެ އަގުހުރި 60 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބޭ ޕްރޮމޯޝަނެއް "އެމްޓީސީސީ ކަށަވަރު" އިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި އެމްޓީސީސީ ކަށަވަރުން ވަނީ އައުޓް ބޯޑް އިންޖީނުތަކުން ބޮޑެތި ޑިސްކައުޓްތަކެއް ދިނުމަށްވެސް ނިންމާފައެވެ. މިގޮތުން ކުރިން 50،000 ރުފިޔާއަށް ވިއްކި 15 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނު މި ޕްރޮމޯޝަނުގައި ވިއްކާނީ 42،500 ރުފިޔާއަށެވެ. އަދި 9.9 ހޯސްޕަވަރުން 6،750 ރުފިޔާގެ ޑިސްކައުންޓެއް، ޑީއެފް6އޭއެލްގެ އިންޖީނުން 3،900 ރުފިޔާގެ ޑިސްކައުންޓެއް، ޑީއެފް4އޭއެލްއިން 3،600 ރުފިޔާގެ ޑިސްކައުންޓެއް މި ޕްރޮމޯޝަނުން ލިބޭނެއެވެ.