އައްޑޫ ގެ ޓުވަރިޒަމް ޒޯންތަކުގައި ގެސްޓު ހައުސް އަދި ސިޓީ ހޮޓެލް އެޅުމަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިން ކުރެއްވި އިއުލާނާއި ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ބިންތައް ކާމިޔާބް ކުރެއްވި ފަރާތްތަކަށް "އެވޯޑް ލެޓަރ" ހަވާލުކޮށްފިއެވެ.
ހިތަދޫ ޒޯން އިން ބިމެއް ލިބުނު ފަރާތަކުން ހާމަ ކުރެއްވި ގޮތުގައި އައްޑު ސިޓީ ކައުންސިލް އިން އީމެއިލް އަދި ފޯނުގެ ޒަރީ އާއިން ބިން ތައް ލިބޭ ފަރާތްތަކަށް އެވޯޑް ލެޓަރ ގެ އޮރިޖިނަލް އާއި ހަވާލުމަށް ދަނީ އަންގަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެވޯރޑް ލެޓަރ ފޮނުވުމަށް ފަހު ދެން މަސައްކަތް ކުރަމުންދާނީ އެއްބަސްވުން ހެދުމާއި ބިންތައް އެފަރާތާއި ހަވާލު ކުރުމެވެ.
އެއްބަސްވުން ހެދި ބިންތައް ދެއްކުމުން އަވަހަށް ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާތައް އިމާރާތް ކުރަން ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
ހަލި ނިއުސް އަށް މައުލޫމާތު ދެއްވި ފޭދޫގެ ޓުވަރިޒަމް ޒޯން އިން ބިމެއް ލިބޭ ކަމަށް އެވޯޑް ލެޓަރ ލިބުނު ފަރާތަކުން ވިދާޅުވާގޮތުގައި ބިން ހަވާލު ކުރާތަނުން ގެސްޓް ހައުސް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެފަރާތުން ދަނީ ތައްޔާރު ވަމުންނެވެ.
އައްޑޫ ވައުދު ނާމާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެ ސަރުކާރުން އައްޑުއަށް ކޮށްދެއްވަން ވައުދުވެ ވަޑައިގެންނެވި މުހިއްމު އެއްވައުދު ކަމުގައިވާ 4000 ގެސްޓްހައުސް އެނދު ގާއިމު ކުރުމުގެ ވައުދު ފުއްދުމަށް އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓުވަރިޒަމް ގުޅިގެން ކުރައްވާފައިވާ އިއުލާނާއި ގުޅިގެން ބިޑް ބައްލަވައިގެންނެވި ފަރާތްތަކުން ޕުރްޕޯޒަލް ހުށަހެޅުއްވުން އޮތީ 21 ޑިސެމްބަރ 2020 ގައެވެ.
އައްޑުގެ ޓުވަރިޒަމް ޒޯން ތަކުގެ ލޭންޑްސުކޭޕިންގ މަސައްކަތް ކައުންސިލް އިންވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އިއުލާން ކޮށްގެން ކޮންޓްރެކްޓަރުން އައްޔަން ކުރައްވާފައެވެ. ލޭންޑްސުކޭޕިންގ މަސައްކަތް ނިމޭއިރު ވޯކްވޭއިސް ތަކާއި، އިމާރާތް ކުރުމަށް އިންވެސްޓަރސް އަށް ދޫކުރާ ޕުލޮޓްސް ތަކާއި ޒޯންގައި ގަސް އިންދުމާއި، ފެހިކުރުމާއި، ޒޯން އަށް ބޭނުންވާ ޔޫޓްލިޓީސް އަދި ޒޯން އާއި ގުޅިފައި އޮންނަ ބީޗް ހެދުމުގެ މަސައްކަތް ހިމެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ދޫކުރާ ކޮންމެ ބިމަކަށް 2 އަހަރު ދުވަހުގެ ގުރޭސް ޕީރިއަޑެއް ލިބެއެވެ.
ގްރޭސް ޕީރިއޭޑް ނިމޭނީ ދެންއަންނަ ރިއާސީ އިންތިހާބް އާއި ދިމާކޮށް. ދެން ބިންހަވާލުކޮށްފައި ތިބި މީހުނަނަށް ބިރުދައްކާނެ އެހެން ސަރުކާރެއް އައިސްފިއްޔާ ބިންތައް ނަގާނެކަމަށްބުނެ ވޯޓްހޯދައިގެން ދެން ބިންތައް ފޭރިގަންނާނީ ކުރި ހުރިހާ މަސައްކަތަކާ ހަރަދުތަކަކާއެކު.