ކޮވިޑް ގެ ނުރައްކާތެރިކަމަށް ނުކިއްސަރު ގޮތަކަށް ވާހަކަފުޅު ދައްކަވަމުން ގެންދެވި އެމެރިކާގެ ރައީސް އަދި އޭނާގެ މަހާރެހެނދި ކޮވިޑަށް ފައްސިވެވަޑައިގެންފިއެވެ.

ރައީސް ޓްރަމްޕް ކޮވިޑްގެ ޝިކާރައަކަށްވެ ވަޑައިގަތީ ބެލެވޭގޮތުގައި އޭނާގެ އެއިޑެއްގެ ފަރާތްޕުޅުންނެވެ.

ޓަރމްޕް ވަނީ މާސްކް އެޅުއްވުމަށް ވެސް ދެކޮޅު ހައްދަވައި ކޮވިޑްގެ ރައްކާތެރި ފިޔަވަޅުތަކަށް މަލާމާތް ކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވަނީ އޭނާއަކީ ޑޮކްޓަރެއް ނޫންކަމަށެވެ. އަދިސައިންސަކީ އޭނާ ގަޔާވެވަޑައިގަންނަވާ ދާއިރާއެއް ކަމަށާއި އެހެން ނަމަވެސް އޭނާގެ ތިއަރީ ތަކަކީ އެހެން މީހުން ގަބޫލުކުރާ ގޮތާ ޚިލާފް ގޮތްތަކެއްކަމަށް އޭނާ ވިދާޅުވެއެވެ. އަދި އޭނާގެ ބޭސްވެރިކަމުގެ މަޢްލޫމާތު މުއްސަނދިކަމުން ޑޮކްޓަރުންވެސް ހައިރާންވާކަމަށް އަމިއްލައަށް ފޮނިކެނޑުއްވިއެވެ.

މެޑިކަލް ލެބޯޓްރިއަކަށް ޒިޔާރަތް ކުރެއްވި ދުވަހު ވިދާޅުވީ އޭނާ ގަޔާވެވަޑައިގަންނަވަނީ މިކަހަލަ ކަމަކަށް ކަމަށާއި އެމެރިކާގެ ރައީސްކަމަށް އައުމަށް ވުރެން މިފަދަ ތަހުލީލުތަކުގައި އުޅުމަށް އޭނާ މާގަޔަވެ ވަޑައިގަންނަވާ ކަމުގައެވެ.

ޓްރަޕްގެ ކޮވިޑްގެ އުސްއަލިތައް:

  • މޭ މަހު އޭނާ ވިދާޅުވީ ހަފްތާއަކު ދެފަހަރަށް މެލޭރިއާ ބޭސް ހައިޑްރޯކްލޮރޮކްސިން ނަންގަވާ ކަމަށް.
  • އެޕްރީލް މަހު ވިދާޅުވީ ލައްފިލުވާ ބޭސްފަދަ ބޭސްތައްވެސް ކޮވިޑުން ސަލާމަތް ވުމަށް ގަޔަށް އިންޖެހކްޓް ކުރަންވީ ނޫންހޭ؟
  • ކޮރޯނާ އިން ސަލާމަތް ވުމަށް މާސްކު މުހިންމު ކަމަށް އެމެރިކާގެ ޑޮކްޓަރުން ބުނުމުން އޭނާ ނިކުންނެވީ މާސްކް ނާޅުއްވައި.
  • ވައިޓްހައުސްގެ ދެ ސްޓާފަކު ޕޮޒިޓިވް ވުމާ ގުޅިގެން އެންމެނަށް މާސްކް އަޅަން އެންގުމުން ޓްރަމްޕް ހުންނވީ ދެކޮޅު ހެއްދެވުމަށް މާސްކް ނާޅުއްވައި

ބައެއް ޓްރަމްޕް ސައިންސް ތިއަރީތައް:

  • އިއާދަކުރަނިވި ހަކަތައަކީ ފޫހި އެއްޗެއް. ވައިން ކަރަންޓް އުފައްދާ ބުރަފަތިތަކުން ކެންސަރު ޖައްސާނެ.
  • 2107ގެ އިރު ކޭތައިގައި ޑޮކްޓަރުންގެ އިރުޝާދާ ޚިލާފަށް އޭނާ ސީދާ އިރަށް ބެއްލެވި
  • ތިމާވެށި ހިމާޔަތް ކުރުމަކީ ފޫހި ކަމެއް
  • ތިމާވެށި ހިމާޔަތް ކުރާ ޕެރިސް މުއާހަދާއިން އޭނާ ބޭރުވެ ވަޑައިގަތް
  • ކަސްރަތު ކުރުމަކީ ބޭކާރު ކަމެއް. އޭނާގެ އުމުރުގެ ކަސްރަތު ކުރި އެންމެން މހާރު އުޅެނީ ކަކުލުހުޅު ބަދަލުކުރުމުގައި ކަމަށް ވިދާޅުވި
  • ޓްރަމްޕްގެ ތޫނުފިލިކަން ލިބިފައިވަނީ މުޑުވައް ރަނގަޅު ޖީންއެއްގެ ސަބަބުން. އެ ޖީން އޭނާއަށް ލިބިވަޑައިގަތީ މަސެޗުސެޓްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގައި ކިޔަވައި ދެއްވި އޭނާގެ ބޮޑު ބޭބެގެ ފުށުން!!!!
  • 73 އަހަރުގައި މަސްފަލަ ރައީސް ފަރިއްކުޅުއްވަނީ ބަރގަރ. ގޯލްފް ފިޔަވައި އިތުރު ކުޅިވަރެއް ނުކުޅުއްވާ

ޓްރަމްޕް އަކީ ފައިސާއިން ކަންކަން ޙާސިލުކުރެއްވުމުގައި މައް ނަސީބު ވެރިއެކެވެ. އެމެރިކާގެ ސިފައިންގެ ޚިދުމަތަށް އޭނާ ނުގެންދެވުނީ އޭނާގެ ފުންނާބު ގައި ރިއްސާތީއެވެ. އެކަންް އޭނާއަށް ލިޔެ ދިނީ އޭނާގެ ބައްޕަގެ ތަނެއްގައި ކުއްޔަށް ހުރި ޑޮކްޓަރެކެވެ. މިކަން ހާމަ ކުރީ އެޑޮކްޓަރު އަމިއްލައަށެވެ.