ހއ. ބާރަށުން ކަރަންޓީނުގައި ނެތް ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލްއާ ހަވާލާދީ ބައެއް މީީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުފައި ޕޮޒިޓިވްވި އެ ހަތަރު މީހުންނަކީ މީގެކުރިން އެރަށުގައި ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުން ޕޮޒިޓިވްވި ނުވަ މީހަކާ ކޮންޓެކްޓުވި ފަރާތްތަކެކެވެ.

އެ ހަތަރު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ބާރަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.