މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށާއި އިމްތިހާނުގައި ބައިވެރިވުމަށް މިމަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، މި އިމްތިހާނަށް ފަހު ސެޓްފިކެޓުވެސް ދޭނީ އެޑެކްސެލް އިން ކަމަށެވެ.

އިހްސާން ވިދާޅުވީ އިމްތިޙާން ކުރިއަށްގެންދިޔުމަށް ނިންމާފައިވުމާއެކު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަންވާނެކަމަށެވެ. އަދި އެޕްލިކޭޝަން ހުށައަޅާއިރު ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށާއި އެޕްލިކޭޝަން ހުށައެޅުމަށް ކުޑަ މުއްދަތެއް ދީފައިވަނީ މުއްދަތު އިތުރުކޮށްފިނަމަ އިމްތިހާން ބޭއްވުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެތީކަމަށެވެ.