މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން، ޔަންމާރުން ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދޭތާ 50 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރަސްމީ ޙަފްލާއެއް ހޯޓެލް ޖެންގައި ބާއްވައިފިއެވެ.

މި ޙަފްލާގައި ޖަޕާނުގެ ސަފީރު އަލްފާޟިލާ ޓަކެއުޗީ މިދޯރީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ޔަންމަރު އޭޝިއާގެ ޑިރެކްޓަރ މަސަރު ހިރޯސެއާއި ޔަންމާރު އޭޝިއާގެ މެނޭޖިންގ ޑިރެކްޓަރ ޖެކްސަން ޓެންއަށް ޚާއްޞަ އެވޯޑުތަކެއް ދެއްވާފައިވެއެވެ. އަދި މި ދެ ބޭފުޅުންނާއި ޔަންމަރުގެ ޓީމަށް މި ބޮޑު ކާމިޔާބީ ޙާޞިލްކުރެއްވި ކަމަށްޓަކައި އެމްޓީސީސީއިން މަރުޙަބާ ދަންނަވައިފައިވެއެވެ.

މީގެ އިތުރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އަދި އެމްޓީސީސީގެ ޓީމަކުން އިއްޔެ ޔަންމަރު ޑިރެކްޓަރ މަސަރު ހިރޯސެއާއި މެނޭޖިންގ ޑިރެކްޓަރ ޖެކްސަން ޓެންއާ ބައްދަލުކުރައްވާފައިވެސްވެއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރުކޮށް ވިޔަފާރި ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ.