އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އިޒްރޭލުން ހަމަލަ ދޭނީ މިއަހަރުގެ މެދުތެރޭގައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން އިންޒާރު ދެއެވެ.
އެމެރިކާގެ ޖާސޫސީ މައުލޫމާތުން ބުނަނީ މިފަދަ ހަމަލާއަކުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް، އޭގެ ތާވަލުން ހަފްތާތަކެއް ނުވަތަ މަސްތަކެއް ފަހަތަށް ޖައްސައިލަފާނެ ކަމަށެވެ.
މިކަމަކީ، މެދުއިރުމަތި ކައްކުވާލައި ފުޅާ ދައިރާގެ ހަމަނުޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ބައިޑަންގެ ވެރިކަމާއި ޓްރަމްޕްގެ ވެރިކަމުގައި މިކަން ވަޒަންކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުން ބުނެއެވެ.
މަންޒަރު ބަލަން އޮތުމާއެކު ވައިޓް ހައުސް އިން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ.
އެމެރިކާގެ ޖާސޫސީ ރިޕޯޓާ ގުޅިގެން ޒަޔަނިސްޓުންގެ ސަރުކާރާއި ސީއައިއޭ އާއި ޑިފެންސް އިންޓެލިޖެންސް އެޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް އިން އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫންކަމަށް ބުނެފައި ވެއެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ބްރައަން ހޫޒް ވޮޝިންޓަން ޕޯސްޓަށް ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް "އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބިދިނުމުގެ ފުރުސަތެއް ނުދެއްވާނެ" ކަމަށެވެ.
އީރާންގެ ރައިސް ވިދާޅުވެފައި ވަނީ އެއްވެސް ބާރަކުން އީރާނާއެކު މުއާމަލާތު ކުރަން ބޭނުންނަމަ އަންނަން ވާނީ އަދާވާތްތެރިކަމާ ނުލައެވެ.