ކ. ގުރައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ފެރީ ދޯންޏެއްގެ އިންޖީނު ހުއްޓިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ "ހިއްސާ" ނަމަކަށް ކިޔާ މި ދޯނި ހުއްޓިފައިވަނީ ކ. ވާދޫ ކަނޑު ސަރަހައްދުން ކަމަށެވެ. މި ދޯނީގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު9:45 ހާއިރު ކަމަށާއި ދޯންޏަށް އެހީވުމަށް ކޯސްޓްގާޑުގެ ލޯންޗު ޙަރަކާތްތެރިވަމުންދާ ކަމަށެވެ.