ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ހެނދުނު 5:30 ހާއިރު އައިޖީއެމްއެޗް ގެ އެމަޖެންސީއަށް ގެނައި އުމުރުން 67 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:00 ގައި ކަމަށާއި ނިޔާވިއިރު ކޮވިޑަށް ޕޮޒިޓިވް ކަމަށް ވެސް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 63 ވަނަ މީހާއެވެ.