ޗައިނާގެ ތަޢްލީމީ މުއައްސާ، ކުންފޫޝިއަސް އިންސްޓިއުޓްއާ ގުޅުން އޮންނަ ޔުނިވަރސިޓީތަކަށް ފަންޑް ނުކުރުމަށް ސީއައިއޭގެ އައު ޑިރެކްޓަރ ވިލިއަމް ބަރންސް ގޮވާލައްވައިފިއެވެ. ކުންފޫޝިއަސް އިންސްޓިއުޓްތަކަކީ ގައުމުތަކުގައި ޗައިނާއިން ހުޅުވާފައިވާ ޗައިނާ ބަސް ދަސްކޮށްދޭ ސަގާފީ މަރުކަޒުތަކެވެ. މި ފަހަކަށ އައިސް އިތަންތަނުން ޗައިނާގެ ޕްރޮޕެގެންޑާއަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.

ބަރންސް، ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި އިނސްޓިއުޓްތަކުން މަސައްކަތް ކުރަނީ ޝީޖިންޕިންގެ ސިޔާސަތުތަކަށް ވަކާލާތުކޮށް، ޗައިނާއަށް ގައުމުތަކުގައި ހަމްދަރްދީ ހޯދާށެވެ.

ހައުސްގެ އިންޓެލިޖެންސް ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މީގެ ސަބަބުން އެމެރިކާއަށް ބޭރުގެ ނުފޫޒު ވަންނަ ކަމުގައެވެ.

އެމެރިކާގެ ކުރީގެ ސަރުކާރުންވެސް ވަނީ ތަޢްލީމީ މުއައްސަސާތަކުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ކަމުގެ އިންޒާރު ދީއެކަން ހުއްޓުވުމަށް ގޮވާލާފައެވެ.

އޭނާ ވިދާޅުވީ މިފަހަކަށް އައިސް ޗައިނާގެ ރައީސް އަޅުއްވާފައި ފިޔަވަޅުތައް ވެފައި ވަނީ ދުނިޔެއަށް އިންޒާރަކަށެވެ. ޗައިނާއިން މަސައްކަތް ކޮށްފައި ވަނީ ދުނިޔެ އެމީހުންގެ އަތްދަށު ލާށެވެ. ރައިސް ބައިޑެންވެސް ވަނީ ޗައިނާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ހަރުކަށި ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.