މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމިކް ސްޓޫޑިއޯއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތައް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ ސެކްޝަނެއްގެ ގޮތުގައި އިސްލާމިކް ސްޓޫޑިއޯ ފާހަގަކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރު ފުރުނު މުނާސަބަތުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރައްވާފައިވާ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އިސްލާމިކް ސްޓޫޑިއޯއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން، 16 ނޮވެންބަރު 2024 ވަނަ ދުވަހުގެ ހަވީރު 6 ގައި ފެށިގެން، މިނިށިގެން، މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ބާވަތުގެ މަޢުލޫމާތު ޝާއިޢުކުރަން ފަށާފައިވެއެވެ. މީގެ ތެރޭގައި ޕޯސްޓްތަކާއި، ވީޑިއޯ ރިޕޯޓްތަކާއި، އިންޓަވިއުތަކާއި އަދި ކްލިޕްތައް ހިމެނެއެވެ.
އިސްލާމިކް ސްޓޫޑިއޯއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި މީޑިއާއާ ގުޅޭ ހުރިހާ މަސައްކަތެއް ހިމެނޭކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރުންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި އައު މަސައްކަތާއެކު، އިސްލާމިކް ސްޓޫޑިއޯގެ މަސައްކަތްތަކަށް އިތުރު ފުޅާކަމެއް ލިބި، މިނިސްޓްރީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.