މިއަދު ހެނދުނު ހެނދުނާ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިމާރާތުގައި ރޯވި އަލިފާނުގެ %90 މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވާ ކަމަށް ރެކޯޑުން ދައްކަނީ ހެނދުނު 6:27 ހާއިރުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ފެށި ކަމަށެވެ. އަދި މިހާރު އަލިފާންގަނޑުގެ 90 އިންސައްތަ ނިއްވާލެވިފައިވާ ކަމަށެވެ.
މި ހާދިސާގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިތުރުން ގޯތި ގެދޮރާއި ބެހޭ ވުޒާރާ އާއި ތިމާވެއްޓާ ބެހޭ ވުޒާރާ އަދި މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ވަނީ އަނދާ އަޅިއަށްވެފައެވެ.