ސައޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ހަދިޔާގެ ގޮތުގައިދެެއްވާ ކަދުރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމު މިހެން ވިދާޅުވީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވި މިފަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި މިނިސްޓްރީގެ ބެލުމުގެ ދަށަށް މިހާރު އެ ކަދުރު ލިބިފައިވާކަމަށެވެ
މީގެއިތުރުން ރޯދަ މަސް ފެށުމުގެ ކުރިން ކަދުރުތައް ބަހައި ނިންމާނެ ކަމަށާއި މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމް ކުރާ ޖަމިއްޔާތަކަށް ވެސް ބައެއް ދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެންމެ ފަހުން ސައުދީން ހަދިޔާކުރި ކަދުރު ބެހީ ކޮންމެ ގޭބީސީއަަކަށް އެއް ކަދުރު ޕެކެޓްގެ ރޭޓުން ނެވެ.