އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުން ތާޒާކޮށް ތަމްރީން ކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން 8 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިފަހަރުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އަދި އދ އަތޮޅުތަކުގެ އިމާމުންނަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް، 8 އަތޮޅުން ޖުމްލަ 321 އިމާމުން ފުރިހަމަކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި މިއަހަރުގެ މިހާތަނަށް މާލެ ސިޓީ ފިޔަވާ ހުރިހާ އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 714 އިމާމުން ވަނީ މި ޕްރޮގުރާމުގައި ބައިވެރިވެފައެވެ.
މި މަޝްރޫޢުގެ ދަށުން މާލެ ސިޓީގެ އިމާމުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގުރާމް މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.