އައްޑޫ ސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 4 މީހަކު ބަލިން ފަސޭހަވެ މިއަދު ދޫކޮށްލައިފިއެވެ.
މި 4 މީހުން ދުކޮށްލުމުން އައްޑޫއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ފަސޭހަވި މީހުންގެ ޖުމްލަ 61 އެރީއެވެ. އައްޑޫއިން މިބަލި މިހާތަނަށް ޖެހިފައިވަނީ 91 މީހަކަށެވެ.
ފާއިތުވި ދެތިން ދުވަހު އައްޑޫ ސީޓިން ކޮވިޑް-19 ގެ ކޭސް އެއް ފެނިފައެއް ނުވެއެވެ. އައްޑީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 30 އަށް މަދުވެފައެވެ. އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެނެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫއިން ވަނީ 64 ސާމްޕަލް ނަގައިފައެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މަޑުމަޑުން ދަށްވިޔަސް އަދިވެސް މުޅި އައްޑޫ ސިޓީ އޮތީ މޮނިޓަރިން ހާލަތުގައެވެ.