ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި އެވެ.
އުނގޫފާރު ހޮސްޕިޓަލުގައި މި ހިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ޓާޝަރީ ފެންވަރަށް އުނގޫފާރު ހޮސްޕިޓަލް ބަދަލު ކޮށްދެއްވާނެ ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތުގެ އިތުރުން އިތުރުން ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަ ހިދުމަތެއް ކަމުގައިވާ ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރުޕީ)، ސިޓީ ސްކޭން ހިދުމަތްވެސް ލިބެއެވެ.
އުނގޫފާރު ހޮސްޕިޓަލަކީ ކޮވިޑުގެ ދުވަސްރު މާލެ އަތޮޅާއި، ބ، ޅ، އަދި ނ އޮތޮޅުގެ ގިނަ ރައްޔިތުން ހިދުމަތް ހޯދި ހޮސްޕިޓަލެކެވެ. މިހާރުވެސް އެވްރެޖްކޮށް އަހަރަކު 70،000 މީހުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.