ޓުއަރިޒަމްގެ ޕީކް ސީޒަނުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު %2 ދަށަށް ހިނގައްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް 63،523 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މި ހިނގަމުން މިދާ ޑިސެމްބަރު މަހުގެ ފުރަތަމަ އެގާރަ ދުވަހު ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 62،249 ފަތުރުވެރިންނެވެ.

ޑިސެމްބަރު މަހުގެ ފުރަތަަމަ 11 ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %2 ދަށްވެފައި ވާއިރު، ޓުއަރިޒަމް ދާއިރާ އާއި ގުޅުންހުރި ހިދުމަތްތަކުން ނަގާ ޓެކްސް އާއި ފީ ސަރުކާރުން ވަނީ މި ޑިސެމްބަރު މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެކަމަކު މިދިޔަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ގިނައެވެ. މިދިޔަ އަހަރުގެ މިމުއްދަތާ ހަމައަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1.87 މިލިޔަން ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް 1.89 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ 8.7 އިންސައްތައިގެ ކުރިއެރުމެކެވެ.