މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.
އެގޮތުން މިއަދު މެންދުރުފަހު 14:00 ން 16:00 އަށް، މާލެ ސިޓީ، ޖަމާލުއްދީން ހިނގުން، ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގު، ސިއްތިމާވާ ހިނގުން، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.