ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެ ސަރަހައްދަށް، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ބ އަތޮޅަށެވެ.
އަދި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ވިއްސާރަ ކުރާނެ ކަމަށްވެސް މެޓުން ބުންޏެވެ. މި ސަމާލުގެ މުއްދަތް ހަމަވާނީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.
މެޓުން ވަނީ މިއަދު ހެނދުނުވެސް މި ސަރަހައްދަށް ހުދު ސަމާލުނެރެފައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ. ކެލައަށެވެ. އެއީ 51 މިލިލީޓަރުގެ ވާރޭއެވެ.