ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، މިރޭ 12 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި އަދި ބެހުން ވަނީ މަނާވާނެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ވޭތުވެދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މި އިސްލާހުގެ ދަށުން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ބެހުމާއި އަދި ބޭނުންކުރުން ވެސް ވަނީ މަނާކުރެވިފައެވެ.
މި ގާނޫނުގެ ދަށުން، ވޭޕްގެ އާލާތްތައް އެތެރެކުރުމުން 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި ޭނެއެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާގެ ޖޫރިމަނާއަކާ ކުރިމަތިލާންޖެހޭނެއެވެ. އަދި ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. ވޭޕް ބޭނުންކުރާ ފަރާތްތަކަށް 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނު ތަންފީޒުކުރުމުގެ މަގުސަދަކީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަދުކުރުމާއި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕްކުރުމުގެ އާދަ އިތުރުވަމުން ދިއުން ހުއްޓުވުމެވެ.