12 ޑިސެމްބަރު ވީ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެއްލުން ލިބުނު ސަރުކާރުގެ މިނިސްޓްރީތަކަށް ދަރުބާރުގޭގައި ވަގުތީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތުގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު ހިނގި މި ހާދިސާގައި ހައުސިންގް މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރެވިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އާރުޑީސީއިން ދަނީ އެ ކުންފުނިން މި މިނިސްޓްރީތަކަށް ލޮޖިސްޓިކް އެހީތެރިކަމާއި ޓެކްނިކަލް ސެޓަޕްތައް ރޭވުމުގެ އެހީތެރިކަމާއި ދަރުބާރުގޭގައި ވަގުތީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.