ހއ. ތުރާކުނު މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، ފިރިހެނުންނާއި އަންހެނުންނަށް ވުޟޫކުރުމަށް ހާއްސަކުރެވިފައިވާ ދެ ސަރަހައްދުގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
މީގެއިތުރުން އެމްޓީސީސީން ބުނެފައިވަނީ އެ ސައިޓުގައި މިހާރު ކުރިއަށްދަނީ މިސްކިތުގެ ޝީޓު އަޅާ ސްލެބްގެ ޝަޓަރިންގ ކަމަށެވެ.
ހަމައެއާއެކު ބާބެންޑިންގ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.