ތަޖުރިބާ ދަތުރެއްގައި އައްޑޫ ސިޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ) ގެ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑު ހެޑްކުއޯޓަރޒްގައި ހުންނަ ސަދަން މޯސްޓް ޕޮއިންޓަށް ޒިޔާރަތްކޮށްފިއެވެ.

ސަދަން މޯސްޓް ޕޮއިންޓަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނު ފާހަގަކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ހަދާފައިވާ ބިނާއެކެވެ.

މި ޒިޔާރަތުގައި، ސަދަން މޯސްޓް ޕޮއިންޓާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.

މި ޒިޔާރަތުގައި ސީއެޗްއެސްއީގެ 40 ދަރިވަރުންނާއި 10 އޮފިޝަލުން ބައިވެރިވިއެވެ.