ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ބެރިއަރ އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ 70 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނެފައިވަނީ މިއަދު ހެނދުނު އެކުންފުނިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެމްޓީސީސީން އިތުރަށް ބުނެފައިވަނީ އަދި، ޖިއޯބޭގް ޖެހުމުގެ މަސައްކަތުގެ 87 އިންސައްތަވެސް ނިމިފައިވާ ކަމަށެވެ.