ރާއްޖޭގައި ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރުން ލެބްޓޯރީއެއް ހަދައި ދިނުމުގެ ދިރާސާ މަސައްކަތްތައް ފަށައިފިއެވެ.
ރުކުމަޑި ކޮންޓްރޯލް ކުރުމަށާއި އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއަށް އެހީވުމަށް ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރި މިއަހަރު ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރުކުމަޑިއަށް ހަމަލާދޭ ޕެރެސިޓޮއިޑް އާލާކޮށް ގިނަކުރުމަށް ޚާއްޞަ ލެބޯޓްރީއެއް ގާއިމް ކުރުމަށާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމަށް ޚާއްޞަ މަޝްރޫއެއް ހިންގުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)އާ ހަވާލުކޮށް، ލެބޯޓަރީގެ ދިރާސާއަށް އެ އިންސްޓިޓިއުޓްގެ ހަތަރު ޕްރޮފެސަރުން މިދިޔަ ބުދަ ދުވަހު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ފަންނީ މާހިރުންގެ މިދަރުގެ މަގުސަދަކީ ރުކުމަޑި ކޮންޓްރޯލްކުރުމަށް ނެޗުރަލް އެނެމީ ލެބޯޓަރީއެއް ގާއިމުކުރުމަށް ހަދަންޖެހޭ އެންމެ ފަހުގެ ދިރާސާތައް ހެދުން ކަމަށެވެ. ލެބޯޓަރީ ހެދުމުގެ ދިރާސާތައް ކުރަމުން ގެންދަނީ ހދ. ހަނިމާދޫގައެވެ. ހަނިމާދޫއަކީ ދަނޑުވެރިމާ ބެހޭ ވުޒާރާގެ ޓްރެއިނިންގ ސެންޓަރު ހިންގަމުންދާ ރަށަށަށްވެފައި ރުކުމަޑި ކޮންޓްރޯލް ކުރުމަށް ހަދާ ލެބޯޓަރީ ހަނިމާދޫގައި ގާއިމް ކުރުމަކީ އެންމެ ރަނގަޅުކޮށް ކަމަށް ދިރާސާ ޓީމުން ފާހަގަ ކޮށްފައިވާ ކަމަށް ދަނޑުވެރިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.