ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގައި ދިވެއްސަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށައިފައެވެ.
މި މައްސަލައިގައި ހޯދަމުންދަނީ ގދ. ވާދޫ / އޭނާޒް، މުޙައްމަދު އަޙްމަދު (42 އަހަރު) އެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، މުޙައްމަދު އަޙްމަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގައި މުޙައްމަދު އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވެނީ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައެކެވެ. އޭނާ ހޯދަމުންދަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު އަޙްމަދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މަޢުލޫމާތު ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ހާމަކުރެވޭނީ ތަޙްޤީޤަށް ހުރަސް ނޭޅޭ މިންވަރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.