ކ. ގާފަރުގައި ހޯމް ކަރަންޓީންގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ގާފައު ހެލްތް ސެންޓަރުން ބުނީ ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހެކެވެ. އެމީހުންގެ ސާމްޕަލް ނަގާފައިވަނީ 3 މާޗް ގައެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކާއި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ހެލްތް ސެންޓަރުން ބުނެއެވެ. އަދި ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށެވެ.

އަދި މިކަމުގައި ގާފަރު ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް ސިއްހީ މަރުކަޒުން އެދިފައިވެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފައިވެއެވެ.