ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނުވަތަ ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހުދުސަމާލު ނެރެފއިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. ރޭ ދަންވަރު 2:00 އިން ފެށިގެން ނެރެފައިވާ މި ސަމާލުގެ މުއްދަތު މިއަދު ހެނދުނު 8:00 ހަމައަށް ދެމިއޮންނާނެއެވެ.
އަދި އެވަގުތުގައި މުޅިރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސްށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
މެޓުން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ، އަދި ރާޅުގެ އުސްމިން ދެކުނުގައި ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށާއި އުތުރާއި މެދުރާއްޖެ ތެރޭގައި ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުގެ މޫސުމުން ލަފާކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްވެސް ކޮށްފައެވެ.