މިއަދުގެ ހެނދުނާއި މެންދުރުފަހު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެކުންފުނިން އުތުރަށް ވިދާޅުވެފައިވާ ގޮތުގައި ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީއެވެ

އެގޮތުން ހެނދުނު 09:30 ން 11:30 އަށް މާލެ ސިޓީގެ ހަނދުވަރުދޭ ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު އަދި ހަނދުވަރުދޭ ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓް ދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ

އަދި މިއަދު މެންދުރުފަހު 14:00 ން 16:00 އަށް ޖަމާލުއްދީން ހިނގުމާއި ރަށްދެބައި މަގު، ލޮނުޒިޔާރަތް މަގުންނާއި، ސިއްތިމާވާ ހިނގުމާއި، ފާށަނާކިލެގެ މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުންވެސް ކަރަންޓް ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.