ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ނާއިބު ރަައީސް، އިންފޯމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ހިދުމަތް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައިވަނީ ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުނުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މި ހަރަކާތުގައި، ބާބޭޑޮސްގެ ސެނެޓުގެ ރައީސް އޮނޮރަބަލް ރެޖިނަލްޑް ފާލީ އާއި ސިޑްކާގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި އައި.އޯ.ސޯ-އެފްރިކާގެ ޗެއާމަން ކުއޮއާޑިއޯ އަފިއާން އަދި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މިނިސްޓަރުގެ ނައިބު، ސުން ޝޫޝިއާން، ނައިބުރައީސްއާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިންމުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ