ނ.ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، މަސައްކަތް ކުރަމުންގެންދާ ކުންފުނި މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.

އެމްޓީސީސީއިން މިއަދު ހާމަކުރެއްވި ގޮތުގައި ޖިއޯބޭގްއަށް ވެލިއަޅާފުރުމުގެ 35 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޖިއޯބޭގް ޖެހުމުގެ 21 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަ ކުރެއްވިއެވެ.