ވަރަށް މުޑުދާރުކޮށް ފޮނި ފުވައް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ބިދޭސީ މިހާ އަތުލައިގަތީ ޓާސްކުފޯހުން ރޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އިމިގްރޭޝަނުން ފާހަގަ ކޮށްފައިވާ ގޮތުގައި ފޮނި ފުވައް ތައްޔާރު ކުރުމުގެ އިތުރުން މި ތަނުގައި ސިއްހީ މިންގަނޑުތަކާ ހިލާފަށް ދިވެހި އެހެނިހެން އުފެއްދުންތައް އުފައްދައި އޭގެ ވިޔަފާރި ދިޔައީ ކުރަމުންނެވެ.
އިމިގްރޭޝަނުން ވަނީ މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ހޯދުމަށް މިއަހަރު ބޮޑު އޮޕަރޭޝަނެއް ފަށައި މިފަދަ ގިނަ ނެޓްވޯކްތަކެއް އަތުލައިގަނެފައެވެ.