ކޮވްކިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅު ތަކުގެ ތެރެއިން މި ފެބްރުއަރީ މަހު އަމަލުކުރަން ފެށި ގަވާއިދަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކު އެޅުން މަޖްބޫރު ކުރުމެވެ.
ކޮވިޑާ ގުޅިގެން އެތަކެއް ޤަވާއިދެއް ހަދައި ތަންފީޒުވެސް ކޮށްފިއެވެ. ނަމަވެސް މާސްކު އެޅުމުގެ މި ގަވާއިދަށް އަމަލުކުރަމުން އަންނަގޮތަށް ބަލާނަމަ ހައިރާން ކުރުވަނިވި އެތަކެއް ކަމެއް ފެނިގެން ދެއެވެ.
ފެންނަމުން ދަނީ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ތަނެވެ. ރާއްޖޭގެ ނިސްބަތަށް ބަލާނަމަ މާސްކު އަޅާ މީހުން ގިނަވާނެއެވެ. ބައެއް ރައްރަށުގެ 100 ޕަސެންޓު މީހުން ޢާއްމު ތަންތަނުގައި އުޅެނީ މާސްކު އަޅައިގެންނެވެ. މާސްކު ނާޅާ މީހަކު ނަމަ އެމީހަކީ ހަނދާން ނެތިގެން މާސްކު ނާޅާ މީހެކެވެ. މަދު މަދުން ޖޫރިމަނާ ކުރި ނަމަވެސް އަތޮޅު ތެރޭގައި ފެންނަނީ އުފާވެރި މަންޒަރެކެވެ.
މާސްކު އެޅުމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރަމުން ދެއެވެ. އޭގެ ތެރޭގައި މާސްކު އަޅަށް ޖެހޭތީވެ ބޭރު ތެރޭގައި އުޅޭ މީހުންގެ އަދަދު މަދުވެއްޖެއެވެ. އަދި މީހުން އާއްމު ތަންތަނުގައި އުޅޭ ވަގުތުވެސް މަދުވެއްޖެއެވެ.
ލަފާ ކުރެވޭ ގޮތުގައި މީހުންނާ ފޮށުމާއި ދިމާކުރުން ފަދަ ނޭދެވޭ އެތައް ކަމެއް މިކަމާ ގުޅިގެން މަދުވެގެން ދާނެއެވެ. ހަމަ ޔަގީނުން ވެސް އެނގޭ ކަމަކީ މާސްކުގެ ސަބަބުން އެކަކުގެ ގައިން އަނެކާގެ ގަޔަށް އަރާ ބަލިތައް މަދުވެއްޖެ ކަމެވެ. ވައިރަލް ހުމާއި ، ރޯގާ ޖެހިގެން ދައްކާ މިންވަރު މަދުވެއްޖެކަމެވެ.
ގަވާއިދަކީ ރަނގަޅަށް ތަންފީޒު ކުރެވޭ ނަމަ ފައިދާ ކުރާނެ އެއްޗެކެވެ. ސަބަބަކީ ގަވާއިދު ހަދަނީ މުޖްތަމަޢުގެ އެންމެންގެ ލާބާއާއި މަންފާއަށެވެ. ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ނުދޭ ތަންތަނުގައިވެސް މާސްކު އެޅުމުގެ ގަވާއިދު ބަރާބަރަށް ހިނގައެވެ.
މިއިން ދޭހަވާ ކަމަކީ މުޖްތަމަޢުގެ މުއައްސަސާތަކާއި އާއްމު ރައްޔިތުން ގުޅިގެން ގަވާއިދުތައް ދަންފީޒު ކުރެވިދާނެކަމެވެ. އަދި ފުލުހުންގެ އިދާރާއިން ވެސް މި ގަވާއިދު ތަންފީޒު ކުރުމަށްޓަކައި ކުރާ މަސައްކަތް އެހެނިހެން ގަވާއިދުތައް ތަންފީޒުކުރަން ކޮށްފިނަމަ ތަންފީޒުވެގެން ދާނޭ ކަމެވެ.