ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކުޅިވަރު ވުޒާރާއާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި އެސޯސިއޭޝަންތަކުގެ އަހަރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެ އެސޯސިއޭޝަންތައް ހިންގާ ހަރަކާތްތަކުގެ ކަލަންޑަރު ތައްޔާރުކުރުމުގައި ބެލޭނެކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފަ އެވެ.

މި ބައްދަލުވުމުގެ ސަބަބުން ކުޅިވަރު ވުޒާރާ އާއި އެސޯސިއޭޝަންތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމުގެ އިތުރުން ކުޅިވަރު ވުޒާރާގެ ހަރާކަތްތައް ޕްލޭންކުރުމުގައި ފަސޭހަތަކެއްވާނެ އެވެ.