ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ޤަތުލްއާންމުގައި އިއްޔެ 50 މީހުން ޝަހީދު ކޮށްލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެ ތެރެއިން 15 މީހުން ޝަހީދުކޮށްލީ ޣައްޒާގެ 2 ސްކޫލަކަށްދިން އުދުވާނީ ހަމަލާއެއްގައެވެ. "ޑޮކްޓަރސް ވިތައުޓް ބޯޑާސް" އިން ބުނެފައިވާ ގޮތުގައި ސަހްޔޫނީ އިޒްރޭލުން ގެންދަނީ ޣައްޒާގެ ރައްޔިތުންނަށް ފެން ލިބެންހުރި މަގުތައް ބަންދުކުރަމުންނެވެ. އަދި ފެނުގެ އިންފްރާސްޓްރަކްޗަރ ހަލާކު ކޮށްލުމަށް ގަސްދުގައި ދަނީ ހަމަލާ ދެމުންދާކަން ޑޮކްޓަރސް ވިތައުޓް ބޯޑާސްއިން ފާހަގަ ކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ގަތުލް ޢާންމުގައި މިހާތަނަށް 45,129 ޝަހީދުކޮށް، 107,338 ވަނީ ޒަޚަމްކޮށްލާފައެވެ.

އިޒްރޭލުގެ ޢުދުވާން ހުއްޓުވުމުގައި އަރަބި އިސްލާމީ ޤައުމުތަކުގެ އިތުރުން، މުޅި ދުނިޔެ ވަނީ އިހުމާލުވެފައެވެ. އިޒްރޭލުގެ ޢުދުވާން ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއެވެ.