އެމެރިކާގެ ޓްރަމްޕް ރައީސްގެ ޚަބީޘް ޒަޔަނިސްޓް ނިޔަތް ފޮރުވިފައެއް ނުވެއެވެ. ނޫސްވެރިން އޭނާއާ ސުއާލު ކުރީ، އިޒްރޭލުން ހުޅަނގު އައްސޭރި ހިފުމަށް ތާއީދު ކުރަން ހެއްޔެވެ؟ ޖަވާބުގައި ޓްރަމްޕް ބުނީ "ތިޔަ ކަމަކަށް އެއްޗެއް ނުބުނާނަން" މިހެންނެވެ. އެކަމަކު އެއާ ވިއްދައިގެން ފަހުން އޭނާ ބުނީ "އިޒްރޭލަކީ ބިމުގެ ނިސްބަތުން ވަރަށް ކުޑަ ގައުމެއް" ކަމަށެވެ.
ޓްރަމްޕާއެކު ޔަހޫދީ ނަތަންޔާހޫވެސް މި ކޮންފަރެންސްގައި ހުއްޓެވެ.
ޒަޔަނިސްޓު އިޒްރޭލުން ވަނީ ހުޅަނގު އައްސޭރިއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. ފަލަސްޠީނު މީހުން ދަނީ ޣައްޒާގައި ހެދިގޮތަށް ޒަޔަނިސްޓު ސިފައިންނާ ދެކޮޅަށް ބޮން ގޮއްވައި އެމީހުން ނުކުޅައްދަމުންނެވެ.