ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ނުވަ މީހުންގެ ތެރެއިން 3 މީހަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނަނުން މި ކަން ހާމަ ކޮށްފައިވަނީ އެ އިދާރާއިގެ ރަސްމީ އެކައުންޓުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްފަގައި އެ އިދާރާއިން ބުނެފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަން ތަކެއްގައި ބިދޭސީ 7 އަންހެނަކާއި އެ މީހުންގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު އަތުލައިގެންފައިވާ ކަމަށެވެ.
މީގެއިތުރުން މި މައްސަލަ ބެލުމަށްފަހު މީގެތެރެއިން 3 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާކަމަށާއި، ބާކީ 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ވިއެޓްނާމްގެ ހަ އަންހެނަކާއި ޔުގާންޑާގެ އަންހެނެކެވެ. އެ މީހުންގެ އެޖެންޓުންނަކީ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.