ފަލަސްތީނުގެ ޣައްޒާގެ ދެ ހޮސްޕިޓަލަކާއި ސްކޫލަކަށް ޢުދުވާނީ ހަމަލާދީ 8 މީހުން ޒަޔަނިސްޓް އިޒްރޭލުން އިއްޔެ ޝަހީދު ކޮށްލައިފިއެވެ.

ޒަޔަނިސްޓް ޔަހޫދީ ސިފައިން ހަމަލާދިނީ ކަމާލް އަދްވާން ހޮސްޕިޓަލާއި އަލް އަވްދާ ހޮސްޕިޓަލަށެވެ. އަލް އަދްވާން ހޮޕިސްޓަލުގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ ޔަހޫދީ ސިފައިން އެ ހޮސްޕިޓަލަށް އިއްޔެ ހަމަލާދިނީ ސްނައިޕަރުން ކަމަށެވެ.

އިޒްރޭލުން ގެންދަނީ މުޅި ޣައްޒާ ކޮންޓްރޯލް ކުރުމަށް ރޭވުންތައް ރާވަމުންނެވެ. ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން ފެނާއި ޒަރޫރީ ޚިދުމަތްތައް ލިބުމުން މަހްރޫމްކޮށްފައިވާއިރު، އިންސާނީ އެހީ ނުލިބުމުގެ ސަބަބުން މަގުމަތީގައި މަރުވެފައިވާ ހަށިގަނޑުތައް ހުރި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެރިގެންތިބި ޒަޔަނިސްޓް ޔަހޫދީންގެ ކިބައިން މާތްވެގެންވާ މަސްޖިދުލް އަޤްސާ އާއި ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް މަސައްކަތްކުރާ މުޖާހިދުންނަކީ ޓެރަރިސްޓުންކަމަށް ހަދައި، މުޅި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން މަސައްކަތްކުރާއިރު އިސްލާމީ ޢަރަބި ޤައުމުތަކާއި އދ. ވަނީ އިޒްރޭލުގެ ޤަތުލް ޢާންމު ހުއްޓުވުމުގައި އިހްމާލުވެފައެވެ.