އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުލަތުން 3 ދައުވާއެއް ކޮށްފިއެވެ.
ފުރަތަމަ ދައުވާއަކީ، އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާތީ އުފުލާފައިވާ ދައުވާއެވެ.
ދެވަނަ ދައުވާއަކީ، މަނީލޯންޑަރިންގެ ދައުވާއެކެވެ. އެއީ، އަމީން އެވެނިއުގެ ދެ ފަންގިފިލާއަކުން އެޕާޓްމަންޓް ގަތުމަށްޓަކައި އަމީން ކޮންސްޓްރަކްޝަންއަށް ދައްކަން ޖެހޭ 25 މިލިއަން ރުފިޔާގެ ފައިސާ އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ޓްރާންސްފާކޮށް، އެފައިސާ ފަހުން އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައި ވުމެވެ.
3 ވަނަ ދައުވާއަކީ، އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމަށާއި އެނާ އެފްއޭއެމްގެ ފައިސާއިން ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް އެދިފައިވާ ދައުވާއެވެ.
ބައްސާމްއާ ދެކޮޅަށް މިދައުވާތައް ސާބިތުވެއްޖެނަމަ، 15 އަހަރަށް ވުރެން ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޕީޖީ އޮފީހުން ދަނީ، އެފްއޭއެމްގެ ޚިޔާނާތުގައި ބައިވެރިވި، އެހެން މުވައްޒަފުންނާ ދެކޮޅަށްވެސް ދައުވާ ކުރުމަށް ތައްޔާރު ވަމުންނެވެ. އެ މައސަލަތައް އަދި ދަނީ ތަހުގީގު ކުރަމުންނެވެ.