ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ސޯމާލިއާގެ ޑިންގީއެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވަނީ މިކަން ހާމަކުރައްވާ މިއަދު އެކްސްގައި ޕޯސްޓެއްކޮށްފައެވެ.

އެ ޕޯސްޓްގައި އެމްއެންޑީއެފުން ބުނެފައިވަނީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޓީމު އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ ސްކިފް އެއްކަން އެނގުނު ކަމަށް އެމްއެންޑީއެފް ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ޑިންގީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، ފުލުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާއަށް މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނެފައިވަނީ އެސަރަހައްދުގައި އެ ހިދުމަތުން މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.