ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖާރ (ރިޓަޔަޑް) މުހައްމަދު ނަޖާހް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އައްޔަންކޮށްފިއެވެ.

އެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ މިއަދުއެވެ. އަދި މުއާޒްގެ އިސްތިއުފާގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަބޫލުފުޅު ކުރައްވައި މުއާޒް އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށް ރައީސް އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.

ފެނަކައިގެ އެމްޑީ މަގާމަށް ނަޖާހު އައްޔަނުކުރެއްވިއިރު އިސްތިއުފާ ދެއްވި އެމްޑީ މުއާޒު މިއަދު ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާ ހާސިލް ކުރެވިފައިވާ ކަމަށެވެ.

ހަމައެއާއެކު އެ މަގާމުން އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި މުއާޒު ފާހަގަކުރެއްްވީި ސަބަބަކީ ފެނަކައަށް ލިބޭ އާާމްދަނީއަށް ވުރެ ހަރަދު ބޮޑުވެ ދެމެހެއްޓެނިވި ގޮޮތަކަށް އޮޕަރޭޝަން ކުރިއަށް ނުގެންދެވޭނެ ހާލަތަކަށް ކުންފުނި ވެއްޓިފައިވާ ކަމަށާއި އެހެންކަމުން އޭނާ ހުރެގެން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އަލި މަގެއް ފެންނަން ނެތުމެވެ.