މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުސާރައިގެ މައްސަލައެއްގައި މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ޕައިލެޓުން ހަޅުތާލު ކުރަމުން ދަނީ ޗީޕް ޕައިލެޓް ކެޕްޓަން މުސްތަފާ މަންސޫރު ކުއްލި ގޮތަކަށް ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެހެންވެ، މިއަދު ހެނދުނުން ފަށައިގެން ސީ ޕްލޭންގެ ދަތުރުތައް އޮތީ މެދުކެނޑިފައެވެ.

ޕައިލެޓުން މުޒާހަރާ ކުރަމުން އަންނަ އިރު ކޮވިޑު-19 އާއި ގުޅިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ވަނީ 50 ޕަސެންޓު ދަށްކޮށްފައެވެ. އަދި މި ދިޔަ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ކުރީގެ އަދަދަށް ބޮޑު ކުރާނެކަމަށް މޯލްޑިވިއަންގެ މެނޭޖްމަންޓުން ބުނި ނަމަވެސް އަދި މިހާތަނަށް މުސާރަ ބޮޑުކޮށްދީފައި ނުވެއެވެ.