އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 4 މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފިއެވެ.

އެމީހުން ދޫކޮށްލުމުން މިހާރު ފަރުވާދެމުން ގެންދަނީ އެންމެ މީހަކަށެވެ. އެއީ ޢުމަރުން 79 އަހަރުގެ މީހަކެވެ. އެމީހާގެ ހާލުވެސް ރަނގަޅު ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީ އިން ކޮވިޑް ކޭސްއެއް ފެނިފައެއް ނުވެއެވެ. އަދި އިތުރު މީހަކު ބަލިން ފަސޭހަވެފައެއް ވެސް ނުވެއެވެ.

މިވަގުތު އެކްޓިވްސް ކޭސްގެ ގޮތުގައި ހިތަދޫގައި ތިބީ 2 މީހުންނެވެ. ފޭދޫގައި 6 މީހުންނެވެ. މަރަދޫފޭދޫއިން ޕޮޒިޓިވްވި 4 މީހުން ވަނީ ބަލިން ފަސޭހަވެގެން ދޫކޮށްލައިފައެވެ. ހުޅުދޫ/މީދޫގައި ތިބީ 14 މީހުންނެވެ. އެމްޓީސީސީގެ ކްލާސްޓަރ އިން ފަސޭހަނުވެ ތިބީ 9 މީހުންނެވެ.