އއ. މާޅޮހުގައި މޫދަށް އެރި އުޅުނު ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މާޅޮހުގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު ކަމުގެ މައުލޫމާތު މިއަދު 17:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށް މާޅޮހު ކައުންސިލްގެ ރައީސް ފަޒީލް އަހްމަދު ވިދާޅުވެ އެވެ.