ޗައިނާގެ ގައުމީ ދުވަހާ ދިމާކޮށސް އިންޑިއާގެ ގައުމީ ނޫހެއްގައި ބޮޑު ކޮށް ސިޔާސީ ސަޕްލިމެންޓެއް ޖަހައިފިއެވެ. މި ސަޕްލިމެންޓް ޖަހާފައިވަނީ ނޫހުގެ ތިންވަނަ ސަފްހާގައެވެ. ނަމަވެސް ނޫހުގެ ޑިޖިޓަލް އިސްދާރްގައި މި އިޝްތިހާރު ޖަހާފައެއް ނުވެއެވެ.

ކިޔާލަން: ޗައިނާއިން މީޑިއާ މެސެޖަށް ބިލިއަނުން އިންވެސްޓް ކުރޭ

ޗައިނާގެ މޮޅުވާހަކައާއި ސުލްހައަށް ލޯބިކުރާ ވާހަކަ ޖަހައި އިޝްތިހާރު ކޮށްދިނުމުން މީހުން ވަނީ މިކަމަށް ފާޑުކިޔާފައެވެ.

އެންމެންވެސް ސުއާލުކޮށްފައިވަނީ ޝިންހުވާ ނުވަތަ ޗައިނާގެ ގްލޯބަލް ޓައިމްސްގައި މިފަދަ އިޝްތިހާރެއް އިންޑިއާ އެމްބެސެޑަރު އެދިގެން ޖަހައި ދީފާނެ ހެއްޔެވެ؟