ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ބޭސިކް ފަޔަރ އެވެއަރނެސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
އާރުޑީސީގެ ސައިޓުގައި މިއަދު ކުރިއަށްގެންދިޔަ މި ކުލާހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި، އަލިފާން ރޯވާގޮތާއި، އަލިފާން ފެތުރޭގޮތާއި، އަލިފާންނިވި ބޭނުން ކުރާނެ ގޮތުގެ އިތުރުން އަލިފާން ނިއްވާނެ ގޮތް ހިމެނެއެވެ.
މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނީ ކިހިނެއް ކަމާއި، ފަޔަރ ސޭފްޓީ އިކުއިޕްމަންޓް ބޭނުން ކުރާނެ ގޮތާއި، ބުލޭންކެޓް އަޅައިގެން އަލިފާން ނިއްވާނެ ގޮތުގެ ފަރިތަކުރުންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
އާރުޑީސީގެ މުވައްޒަފުންނަށް، ހިންގި މި ފަޔަރ އެވެއަރނެސް ކުލާހުގައި އެ ތަނުގެ 48 މުވައްޒަފުން ބައިވެރިވިއެވެ.